logo
banner image

ބާރަށު ސްކޫލްގެ ޕްރިފެކްޓް ދަރިވަރުންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ހިންގައިފި

ހއ. ބާރަށު ސްކޫލްގެ ޕްރިފެކްޓް ދަރިވަރުންނަށް ހާއްސަކޮށްގެން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 25ވަނަ ދުވަހު ބާރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ޕްރިފެކްޓް ދަރިވަރުންނަށް ހާއްސަކުރެވިފައިވާ ހާފްޑޭ ކޭމްޕުގެ ތެރެއިން، ސްކޫލުގެ އެދުމުގެމަތިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރާއިރު ލީޑަރުންގެ ދައުރާއި، އެކުގައި މަސައްކަތްކުރާ ކުދިންގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން އެއްކޮށް މަސައްކަތްކުރުމުގައި ދިމާވާނެ ގޮންޖެހުންތަކާއި އެކި މިޒާޖުގެ ކުދިންނާ އެކު މަސައްކަތްކުރުމުގައި ވިސްނަންޖެހޭ މުހިންމު އަސާސްތައް ބުނެދީފައިވެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ދަރިވަރުން އެކި ގްރޫޕުތަކަށް ބަހާލައިގެންނެވެ.