logo
banner image

ސްމާޓް ޑްރައިވާސްގެ ނަމުގައި އެޗްޑީސީގެ ޑްރައިވަރުންނަށް މައުލޫމާތުދީފި

''ސްމާޓް ޑްރައިވާސް'' ގެ ނަމުގައި އެޗް.ޑީ.ސީގެ ޑްރައިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 20ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުންނެވެ.

އެގޮތުން، އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކާއި، އެކްސިޑެންޓުތަކުން ސަލާމަތްވުމަށް ޑްރައިވަރުންގެ ޒިންމާގެ ތެރެއިން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދީފައިވެއެވެ.

މި ސެޝަންގައި އެޗްޑީސީގެ 23 ޑްރައިވަރުން ބައިވެރިވިއެވެ.

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ ހިންގަމުންނެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކްސިޑެންޓުތައް މަދުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަމުންގެންދާ މަސައްކަތެކެވެ.