logo
banner image

ގއ. އަތޮޅު ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ރައީސްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް: ޝަހީން

ގއ. އަތޮޅު ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކަމަށް ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަހީން ވިދާޅުވީ އަތޮޅު ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތަކީވެސް އަތޮޅު ކައުންސިލުގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ކަމެއްކަން ފާހަގަކުރައްވާ ޝަހީން ވިދާޅުވީ ރައްޔިތުން އުފަލުން އައި ތަކުލީފަށް ނިމުމެއް އަންނާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ އައިޑީކާޑު ހެދުމަށް ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި ކާޑު އަތަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ބާރު ސްޕީޑުގައި މި ކައުންސިލުން ކުރިއަށްގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. ރައްޔިތުންނަށް ފެންވަރު ރަނގަޅު ފައިދާހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އަބަދުވެސް އަތޮޅު ކައުންސިލުން މަސައްކަތްކުރާނެ. ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން

މީގެ އިތުރުން ޝަހީން ވަނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް އަތޮޅުގެ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އައިޑީކާޑު ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށުނު މަސައްކަތަކީ އަތޮޅު ކައުންސިލުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން އަތޮޅު ރައްޔިތުންނަށްޓަކައި ފެށިގެންދިޔަ މުހިންމު ޚިދުމަތެއްކަންވެސް ފާހަގަކުރައްވާފައެވެ.