logo
banner image

ހިންމަފުށީ ފުލުހުންގެ ބެލުމުގެދަށުގައި ހުރި 142 ބިޔަރު ދަޅާއި 22 ބަނގުރާ ފުޅި ނައްތައިލައިފި

ތަހުގީގު ނިމިފައިވާ މައްސަލަތަކާއި ތުހުމަތުކުރެވޭ ފަރާތެއް ނެތް މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކ. ހިންމަފުށީ ޕޮލިސްގެ ބެލުމުގެ ދަށުން ނައްތައިލައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ނައްތައިލާފައިވަނީ އެ ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 142 ބިޔަރު ދަޅާއި 22 ބަނގުރާ ފުޅިއެވެ.

މި ތަކެއްޗަކީ ބަނގުރަލާ ގުޅޭ އެކި މައްސަލަތަކުގެ ތެރެއިން ތަހުގީގު މަރުހަލާ ފުރިހަމަވެފައިވާ މައްސަލަތަކާއި ވަކި މީހެއްގެ މައްޗަށް ތުހުމަތުނެތް ގޮތަށް ގެނެސްފައިވާ މައްސަލަތަކުގައި ހިފަހައްޓާފައި ހުރި ތަކެއްޗެވެ.

މީގެ އިތުރުން ފުލުހުން ވަނީ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ބަނގުރަލާވެސް ނައްތާލާފައެވެ.

ދޫނިދޫގައި ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.

ނައްތައިލި އެހެނިހެން ތަކެތީގެ ތެރޭގައި، ދަބަސް، ފޮށި، ފޮތިކޮތަޅާއި ކަރުދާސްކޮތަޅު އަދި ޕުލާސްޓިކްކޮތަޅު ފަދަ ތަކެތި ހިމެނެއެވެ.

މި ތަކެއްޗަކީ 21 އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި ކޭސް ކުރެވިފައިވާ 15 މައްސަލައެއްގައި ހިމެނޭ ބަނގުރަލެވެ.

ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.