logo
banner image

8 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މިއީ ވައިގެ މަގުން އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި ފަސިންޖަރެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެއްޗެކެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލްއެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 6 މިލިޔަން ރުފިޔާ އަށްވުރެ ގިނަ ރުފިޔާ އިތުރުވާނެކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. އަދި މިއީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ބޮޑު ސިޕްމެންޓެއް ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކަސްޓަމްސް އިން ކުރިއަށްދާ އިރު މި މައްސަލާގައި އަތުލައިގަތް ތަކެއްޗާއި އެތަކެތި އެތެރެކުރި މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.