logo
banner image

ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް، އޮޕަރޭޝަނަށް ނެރެވޭވަރު ވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް ބަލަމުންދާ ކަމަށާއި، އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ރާއްޖެއަށް އެތެރެވާ ތަކެތި ދެނެގަނެ، ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަމުންދާ ކަމަށެވެ.

އިންޓަރސެޕްޓް ކުރަމުންދާ މިންވަރު ގިނަވުމަކީ އޭގެ ޒާތުގައި ލޯއެންފޯސްމަންޓް ހަރުދަނާކޮށް ގެންދެވޭ ކަމުގެ އެއް ހެކި. އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވަމުން އަންނަ ކަމެއް މިއީ ކަސްޓަމް ފަދަ ތަންތަނުގައި ސަތޭކަ އިންސައްތަ ޔަގީންކަމާއެކީ ސްކްރީނިންގ ކުރަން ފެށީމަ ހިޓްވާވަރު މިންވަރު އިތުރުވޭ. އެެހެންކަމުން ސަރުކާރުން މިހާރު ނިންމާފަ އޮތް އެއް ނިންމުމެއް މިއީ ފުލް ކޮންޓެއިނަރު ސްކޭނަރެއް ރާއްޖޭގެ މައި ބަނދަރުގައި ހަރުކުރުމަކީ. ވަޒީރު

ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދާނީ އެމްޕީއެލް އާއި ކަސްޓަމްސްއާ ގުޅިގެން ކަމަށެވެ.

އަދި ޤަވާއިދާ ޚިލާފަށް ރާއްޖެއަށް މަސްތުވާތަކެއްޗާއި ސިނގިރޭޓްފަދަ ތަކެތި އެތެރެކުރާ ކުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެކަންވެސް ވަޒީރު އިހްސާން ފާހަގަކުރެއްވިއެވެ.