logo
banner image

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މޯލްޑިވްސް ރެޑް ކްރެސެންޓު ގުޅިގެން "ސައިކޮލޮޖިކަލް ފަސްޓް އެއިޑް" ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއީ ޤައިދީންނަށާއި ބަންދުމީހުންނަށް ދިމާވާ ނަފްސާނީ ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކަށް ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ކަރެކްޝަންސްގެ 18 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވިިއިރު މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ނަފްސާނީ ކުއްލި ހާލަތެއް ދިމާވާ ވަގުތެއްގައި އެ ކަމަކަށް ހުރިހާ އޮފިސަރުންނާއި މުވައްޒަފުން ހޭލުންތެރިކުރުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި އޮފިސަރުން ފާހަގަކުރާ ގޮތުގައި މިފަދަ ޕްރޮގްރާމުތަކަކީ ޖަލުތަކުގައި ތިބޭ މުވައްޒަފުންނަށް ވަރަށް މުހިންމު ޕްރޮގްރާމުތަކެކެވެ. މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ކާރިސާއެއް ދިމާވުމުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ގޮތްތައް ދަސްވެގެން ދިޔަކަން ބައިވެރިން ފާހަގަކުރިއެވެ.

އަދި މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ޤައިދީންނަށް ދިމާވާ އެކި ކަހަލަ ސައިކޮލޮޖިކަލް މައްސަލަތަކަށް ވަގުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމަ އިތުބާރު ލިބިގެން ދިޔަކަންވެސް ބައިވެރިން ފާހަގަކުރިއެވެ.