logo
banner image

މަސްތުވާތަކެތީގެ މައްސަލައެއްގައި ށ.ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ށ.ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ / ގުލްޒާރުގެ، ޝާހް ސުލައިމާން (34އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި މި މަހު 19 ވަނަ ދުވަހު ފޯކައިދޫ ޕޮލިހުން ހިންގި އޮޕަރޭޝަނުގައެވެ.

މި މައްސަލާގައި ފޯކައިދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވި ވަގުތު އެއްޗެއް އެއްލައިލިތަން ފެނުމުން އެ ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.