logo
banner image

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ދިވެއްސަކު ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ދިވެއްސަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މުއައްސަސާއިން މައުލޫމާތުދޭ ގޮތުގައި ކުޅުދުއްފުށި ސިޓީ ޕޮލިސްއިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އަންގައި އިއުލާނުކޮށްފައެވެ.

ހާޒިރުވާންވީ ފަރާތުގެ މައުލޫމާތު: ހ. ލަދުމާގެއާގެ / މާލެ، އަޙްމަދު ނަޢީމް (41އ)

އައިޑީ ކާޑު ނަންބަރު: A066247

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް

ހާޒިރުވާންވީ ތަން: ކުޅުދުއެްފުށި ސިޓީ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް

ހާޒިރުވާންވީ ތާރީހު: 2026 އޭޕްރީލް 22 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް