logo
banner image

ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވ ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

“ރޯޑް ސޭފްޓީ އެވެއަރނަސް ރޯޑް ޝޯވ” ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ

މި މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ރަމަޟާން މަހު އެކްސިޑެންޓްތައް ގިނަވެ ފުރާނައެއް ވެސް ގެއްލިފައިވުމާ އަދި އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ހުޅުމާލެ ފޭސް 1 ނެއިބަހުޑް ސަޕޯޓާއި ހުޅުމާލެ ޓްރެފިކް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި، މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ހޭލުންތެރިކުރުމުގެ މެސެޖުތައް ހުޅުމާލޭ ފޭސް 1 އަދި 2 ގެ މަގުތަކުގައި އަޑުގަދަކުރާ މެދުވެރިކޮށް އާންމު ރައްޔިތުންނަށް އަޑު އިއްވާފައިވެއެވެ.

އަދި މީހުން އެއްވާ ސަރަހައްދުތަކުގައި މަޑުކޮށްގެން ތިބެ މެސެޖުތައް އިއްވައި ހޭލުންތެރިކޮށް، ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަމަޟާން މަހަށް ހާއްސަކޮށްގެން ހާއްސަ މަސައްކަތްތަކެއް ފުލުހުން ގެންދަނީ ކުރަމުންނެވެ.