logo
banner image

މިނިސްޓަރު ޠާރިޤް އިބްރާހީމް، އެބަޑީންގެ ލޯޑް ޕްރޮވޯސްޓާ ބައްދަލުކުރައްވައިފި

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހީމް، އިނގިރޭސިވިލާތުގެ އެބަޑީންގެ ލޯޑް ޕްރޮވޯސްޓް ޑރ. ޑޭވިޑް ކެމަރަންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިނިސްޓަރު ޠާރިޤް މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، ސިޓީތަކާއި އާބާދީތައް ތަރައްޤީކުރުމުގައި ކާބަން މަދުކުރުމަށް ބޭނުންކުރެވިދާނެ ޒަމާނީ ޙައްލުތަކާ ގުޅޭގޮތުންނެވެ.

މިނިސްޓަރު ޠާރިޤް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަވަމުންނެވެ.