logo
banner image

އައްސޭރި ޖަލުގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް ގެ އައްސޭރި ޖަލުގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާހު، އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢިލް ނަޞީރު އާއި ކޮމިޝަންޑް އޮފިސަރުންނާއި އައްސޭރި ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރް ވަނީ އައްސޭރި ޖަލުގެ އޮފިސަރުންނަށް ކުލަ އާއި މެޑަލް ޙަވާލުކޮށްދެއްވާފައެވެ. އަދި އަހަރީ ދުވަހުގެ ތަހުނިޔާ އެ ޖަލުގެ ސީނިއަރ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުވައްޒަފުންނަށް އަރިސްކުރައްވައި، ކޮށްދެއްވާ ޚިދުމަތްތަކަށް ޝުކުރު ދަންނަވައިފައެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ ދުވަހުގެ ޚާއްސަ ކޭކު ފެޅުމަށް ފަހުގައެވެ.