logo
banner image

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އޮކިއުޕޭޝަން ޑޭ 2025 ގެ ހަރަކާތުގައި ފުލުހުން

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ގްރޭޑް 1ގެ ދަރިވަރުންގެ 'އޮކިއުޕޭޝަން ޑޭ 2025' ހަރަކާތުގައި ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން ޔުނިޓާއި ފޮރެންސިކް ސާވިސް އިން މައުލޫމާތުދީފިއެވެ.

އެ ސްކޫލުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް އަދި ފޮރެންސިކް ސާވިސް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި މަގުމަތީގެ ރިވެތި އަދަބުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި ޓްރެފިކް ނިޝާންތައް ދައްކާލައި އެ ނިޝާންތަކުން އަންގައިދޭ ކަންކަން ކިޔައިދީ އެ ނިޝާންތަކާ އެއްގޮތަށް ދަރިވަރުން ވެސް އަމަލުކުރުމަށް ބުނެދީފައިވެއެވެ.

މީގެ އިތުރުން، ފޮރެންސިކް ފުލުހުންގެ މަސައްކަތްތައް ދައްކާލައި އެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މި ހަރަކާތުގައި 90އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.