logo
banner image

އިހަވަންދޫ ސްކޫލު ދަރިވަރުންނަށް ޓީމްބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ހއ. އިހަވަންދޫ ސްކޫލު ގާލްގައިޑް، ލިޓުލްމެއިޑް އަދި ސްޓަރ ދަރިވަރުންނަށް ޓީމްބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތްތަކަކީ ނޮވެމްބަރު 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ދަރިވަރުންގެ 'ފަތްމިނި ކޭމްޕު 2025'ގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.

މި ހަރަކާތްތައް ރާވާފައިވަނީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ދަރިވަރުންގެ މެދުގައި އާލާކޮށް، އެކުވެރިކަން އިތުރުކުރުމުގެ މަގުސަދުގައެވެ. މީގެ އިތުރުން، ދަރިވަރުންނަށް އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމަކީ ވެސް މި ހަރަކާތްތަކުގެ އެއް މަގުސަދެވެ. ގާލްގައިޑް، ލިޓުލްމެއިޑް އަދި ސްޓަރ ދަރިވަރުންނަށް ވަކިވަކިން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެފަދަ ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތްތަކުގެ ސަބަބުން، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ދަރިވަރުންގެ މެދުގައި އިތުރުވެ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާވެގެންދާނެއެވެ. އަދި މިފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ތައުލީމީ ކުރިއެރުމުގެ އިތުރުން، އެކުވެރިކަމާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމަށް ވަރަށް ބޭނުންތެރި ކަންކަމެވެ.