'އިންސްޕަޔަރިންގ ޔަންގް ލީޑާސް' ޕްރޮގްރާމް އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފި
'އިންސްޕަޔަރިންގ ޔަންގް ލީޑާސް' ޕްރޮގްރާމް އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.
އަމާންވެށި ޕްރޮގްރާމުގެ ދަށުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގަލޮޅު ޕޮލިސް ނެއިބަހުޑާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖުމަންޓް ގުޅިގެންނެވެ.
މި މަހުގެ 30ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ލީޑަރޝިޕް ހުނަރުތަކާއި، ލީޑަރުންނަކީ ކޮބައިކަމާއި، ލީޑަރުންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވުމަށް ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ އިތުރުން މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަމާއި އާއްމު ދިރިއުޅުމުގައި ދަރިވަރުންގެ ޒިންމާއަކީ ކޮބައިކަން ކިޔައިދީފައިވެއެވެ. އަދި ދިރިއުޅުމުގެ ރިވެތި އަދަބުތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ވަޒީފާއަކަށް ކުރިމަތިލާއިރު ވިސްނަންޖެހޭ ކަންކަން ވެސް ކިޔައިދީފައިވެއެވެ. އަދި ޓީމް ބިލްޑިންގ އެކްސަރސައިޒް ތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.