ވެށި ރައްކާތެރިކުރުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދު އިސްނަގަން ގޮވާލައްވައިފި- މިނިސްޓަރ ޠާރިޤް
އޭޝިއާ-ޕެސިފިކް ވެށި ފޯރަމް (#APENVFORUM) ގައި، ރާއްޖޭގެ ވެށި، މޫސުމީ ބަދަލު އަދި ހަކަތައާ ބެހޭ މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ، މި ސަރަހައްދު ހަމައެކަނި ނާޒުކުކަމުގެ ސަރަހައްދަކަށް ނުވެ، ވެށީގެ ދާއިރާގައި އިސްނަގައި، އެއްބާރުލުމުގެ ރީތި ނަމޫނާއަކަށް ވުމަށް ގޮވާލައްވާފައެވެ.
މިނިސްޓަރ ޠާރިޤް މިފަދައިން ވިދާޅުވެފައިވަނީ، މިހާރު ކުރިއަށްދާ #APENVFORUM ގައި، މިނިސްޓަރުންގެ ބަޔާނެއް އިއްވަވަމުންނެވެ. އެމަނިކުފާނު ވަނީ، ވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ ގޮތުން އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އޭޝިއާ-ޕެސިފިކް ސަރަހައްދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނާޒުކުކަން ބޮޑު ސަރަހައްދެއް ކަމުގައި ވީނަމަވެސް، ވެށީގެ ދާއިރާގައި ބަދަލުތައް ގެނެސް، އިސްނަގައި، އެހެން ޤައުމުތަކަށް ނަމޫނާ ދެއްކުމުގެ ޤާބިލުކަން އެބައޮތް ކަމަށެވެ. އެހެންކަމުން، ގުޅިގެން މަސައްކަތްކޮށް، ހައްލުތަކަށް މަގުފަހިކުރުމަށް ވަނީ ގޮވާލައްވާފައެވެ.
މި ގޮވާލެއްވުމުން ދޭހަވަނީ، ވެށީގެ ދާއިރާގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރާއި، ދުނިޔޭގެ މައްސަލަތަކަށް ސަރަހައްދީ ގޮތުން ހައްލު ހޯދުމަށް ދެވޭ އިސްކަމެވެ.