logo
banner image

ރާއްޖެއަށް ޒިޔާރަތްކުރާ ސްރީލަންކާ ފަތުރުވެރިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ސްރީލަންކާގެ ރައްޔިތުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރަން ފަށައިފި އެވެ.

މިދިޔަ އަންގާރަ ދުވަސް (29 ޖުލައި 2025) އިން ފެށިގެން މިގޮތަށް އަމަލުކުރަން ސަރުކާރުން ނިންމެވީ ސްރީލަންކާ ގެ ރައީސް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ވެރިންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ސްރީލަންކާގެ ރައީސް އެކަމަށް އެދިވަޑައިގަތުމުންނެވެ.

ހަމައެހެންމެ ސްރީލަންކާއިން އަންނަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފަ އެވެ.

ދެ ޤައުމުން މިގޮތަށް ހަމަޖެއްސުމުން، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރާ މީހުން އިތުރުވެ ދެ ޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް އިޖްތިމާޢީ އަދި ތަޤާފީ ގުޅުމާއި ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު 2 ސެޕްޓެމްބަރ 2019 ގައި ސޮއިކޮށްފައިވާ ވިސާގެ އެއްބަސްވުމާއި އިމިގްރޭޝަން ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން މި 90 ދުވަހުގެ ވިސާ ބޭނުންކުރެވޭނީ ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ ސްރީލަންކާ މީހުންނަށެވެ.