logo
banner image

'ޔުއަރ މައިންޑް މެޓާސް'ގެ ނަމުގައި ސެޝަންތަކެއް ހިންގައިފި

'ޔުއަރ މައިންޑް މެޓާސް'ގެ ނަމުގައި ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 6 އިން 7 އަށް މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުންނެވެ.

މި ސެޝަންތަކުގައި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބާކަމާއި، ނަފުސާނީ ގޮތުން ދުޅަހެޔޮ މީހަކަށްވުމަށް ކުރެވިދާނެ ކަންތައްތަކާއި، ނަފުސާނީ އާންމު ބަލިތަކާއި، އެ ބަލިތައް ދެނެގަންނާނެ ގޮތްތަކާއި، އެކަމަށް ފަރުވާ ހޯދިދާނެ ގޮތްތަކުގެ އިތުރުން ދިމާވާ އެކި ކަންކަމާ ކުރިމަތިލައި އެ ކަންކަން ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ މާހައުލުގައި ދިމާވާ ކައްތައްތައް ހައްލުކޮށް ބެލެންސްކުރާނެ ގޮތްތަކާއި، އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކާ އަދި އެކަމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.

މި ސެޝަންތައް ނިމުމުން ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ. ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓް ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނަޢީމެވެ.

މި ސެޝަންތަކުގައި ސިވިލް ސާވިސް ކޮމިޝަންގެ 84 މުވައްޒަފުން ބައިވެރިވިއެވެ.