ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގަންނަވައިފި
މިއަދު ބޭއްވުނު ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގެ ހައި-ލެވެލް އޯޕަނިންގ ސެޝަންގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވައިފިއެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް ގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާ ގުޅޭ ލީޑަރޝިޕް ފާހަގަކުރައްވައި، މޮބިލިޓީ އަދި ރެސިލިއަންސްއާ ގުޅޭގޮތުން ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޒިންމާ ހިއްސާކުރުމުގެ މުހިންމުކަން ބަޔާންކުރެއްވިއެވެ. މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މި ވާހަކަފުޅުން ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި އިސްނަގައިގެން މަސައްކަތްކުރާ ޤައުމެއްކަން އަލިއަޅުވާލެވުނެވެ.
ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމްއަކީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނާއި ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، މި ދާއިރާއާ ގުޅޭ މުހިންމު މަޝްވަރާތައް ކުރާ ފޯރަމެކެވެ. މި ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަކީ، މޫސުމީ ބަދަލުތަކާ ގުޅޭ ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މި ބައިވެރިވުމަކީ ސަރުކާރުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ގެންގުޅުއްވާ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށްގެންދެވޭ މަސައްކަތެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.