logo
banner image

މިނިސްޓަރ ޠާރިޤް އިބްރާހީމް ޔޫއެންއޯސީ3 ގައި ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައިފި

ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް 3 (ޔޫއެންއޯސީ3) ގެ ތެރެއިން ބޭއްވުނު ސައިޑް އިވެންޓެއްގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހީމް ވަނީ ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި އިވެންޓަކީ މިނިސްޓްރީ އާއި ޖޮއިންޓް ނޭޗަރ ކޮންޒަވޭޝަން ކޮމިޓީ (ޖޭއެންސީސީ ޔޫކޭ) އާ ގުޅިގެން ބޭއްވި އިވެންޓެކެވެ. މިނިސްޓަރ ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދުނިޔޭގެ 30×30 ލަނޑުދަނޑިތަކާ ދިމާލަށް ދަތުރުކުރަމުންދާއިރު، ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ހަރުދަނާކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

މީގެ އިތުރުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ރައްކާތެރިކުރެވިފައިވާ އަދި ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކޮށް، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމެވެ.

މި އިވެންޓުގައި ބައިވެރިވި އެހެން ޤައުމުތަކުގެ ފަރާތްތަކުންވެސް ވަނީ ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ މުހިންމުކަމާއި، އެކަމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމަކީ ދުނިޔޭގެ 30×30 ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބައިވެރިން ފާހަގަކުރިއެވެ.