logo
banner image

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ ހަތް ވަނަ ތަމްރީނު ޕްރޮގްރާމު ނިންމާލައިފި

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ހަތް ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހްމާންއެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މާލޭ ކެމްޕަހުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ސްޕެޝަލް ކޮންސްޓަބުލަރީ 25 ފުލުހުން ބައިވެރިވިއެވެ. މީގެތެރޭގައި ހިމެނެނީ ފިރިހެން 16 ފުލުހުންނާއި އަންހެން ނުވަ ފުލުހުންނެވެ.

މި ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރުތަކާއި އިލްމު އުނގަންނައިދީފައިވެއެވެ.

މިދިޔަ އެޕްރީލް މަހުގެ 13 އިން މިމަހުގެ 8 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި، ފިޒިކަލް ޓްރެއިނިންގ އެންޑް ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔަރ ކޮންޓްރޯލް، ލޯ އެންޑް ޕްރޮސީޖްރަލް ނޮލެޖް، ކޮމިއުނިކޭޝަން ސްކިލްސް، ބޭސިކް ޕޮލިސިންގ ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.