logo
banner image

ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރަށް އޮން ދަ ޖޮބް ޓްރެއިނީ ގްރޭޑް 2ގެ މަގާމަށް މުވައްޒަފަކު ހޯދަނީ

ފުވައްމުލައް ސިޓީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް އޮން ދަ ޖޮބް ޓްރެއިނީ ގްރޭޑް 2ގެ މަގާމަށް މުވައްޒަފަކު ހޯދަން ފަށައިފިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީން ވިދާޅުވީ ހަފްތާގެ 6 ދުވަހު ކޮންމެ 24 ގަޑިއަކުން ޑިއުޓީ އުޞޫލުން ކަނޑައެޅޭ 7 ގަޑިއިރު މަސައްކަތްކޮށްގެން މަހަކު މަސައްކަތުގެ އުޖޫރައިގެ ގޮތުގައި -/4000 ރުފިޔާ، ފީލްޑް އެލަވަންސްގެ ގޮތުގައި -/1000ރުފިޔާ އަދި މިނިމަމް ވޭޖް އެލަވަންސް -/ 2280 ރުފިޔާ ލިބޭނެ ކަމަށެވެ.

ވަޒީފާގެ އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި އޮންދަ ޖޮބް ޓްރެއިނީ 2އެއްގެ ގޮތުން މަސައްކަތް ކުރާ މަރުކަޒެއްގައި ޙަވަލުކުރެވޭ މަސައްކަތް ކުރުމާއި، ޕްރޮގްރާމްގެ ތެރެއިން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ރެސިޑެންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ފެސިލިޓީގައި ހިންގޭ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުމާއި، އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ޙަވާލުވެފައިވާ ފަރާތްތަކުން އަންގާ ކަންތައްތައް އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމުގެ އިތުރުން ތަން ހިންގުމަށާއި މުވައްޒަފުން އަމަލުކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން ހިމެނެއެވެ.

ވަޒީފާގެ މުއްދަތަކީ ކޮންޓްރެކްޓް އުޞޫލުން 2 އަހަރު (ދޭއް)، ފުރަތަމަ 3 މަސް ދުވަހަކީ ޕްރޮބޭޝަން 3 މަސް ދުވަސްކަން، ޕްރޮބޭޝަން 3 މަސް ދުވަސް ހަމަވުމުން މަސައްކަތަށް ރަނގަޅުނަމަ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ބާކީ އޮތް 1 އަހަރާއި 9 މަސްދުވަހަށް ކޮންޓްރެކްޓް ކުރިޔަށް ގެންދެވޭނެއެވެ.

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް:

  1. އެން.ޑީ.އޭ ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުން

2. މިހާރު މަސްތުވާތަކެތި ބޭނުން ނުކުރާ މީހެއްކަމުގައިވުން.

3. ގަޑިއަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަނޑައެޅިފައިވާ ގަޑިއަށް އޮފީހަށް ޙާޟިރުވުން.

4. އެން.ޑީ.އޭ އިން ކުޑަކަމުދާ ތަކެތި ތަހުލީލް ކުރަން ބޭނުންވެއްޖެ ހިނދެއްގައި ކުޑަކަމުދާ ތަކެތި ނެގުމުގެ ފުރުޞަތު ދޭންވާނެއެވެ.

5. ވަޒީފާ ދެވޭ ފަރާތާއި އެން.ޑީ.އޭ އާއި ދެމެދު ހެދޭ ކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ހިތުން

6. ވަޒީފާގެ ސިއްރު ހިފެހެއްޓުން

7. ހަވާލުކުރެވޭ މަސައްކަތް ލަޔާގަތާއި ޤާބިލްކަން ހުރިމިންވަރަކުން ދުވަހުން ދުވަހަށް ނިންމަވަންވާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު

1. ގްރޭޑް 7 ނިންމާފައިވުން ނުވަތަ

2. މިދާއިރާއިން ލެވެލް 03ގެ ސެޓްފިކެޓެއް އޮތުން ނުވަތަ

3. މިދާއިރާއާއި ގުޅޭ (އެން.ޑީ.އޭއިން) ކުރިއަށްގެންދާ ތަމްރީނެއް (48 ގަޑިއިރު / 2 ދުވަސް) ފުރިހަމަކޮށްފައިވުން ނުވަތަ

4. އައުޓް ރީޗް ވޯކަރއެއްގެ ގޮތުގައި މަދުވެގެން 01 (އެކެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ

5. އޮންދަރ ޖޮބް ޓްރެއިނީ ގްރޭޑް1 މަޤާމުގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ 6. ޕާރފޯމަންސްއިން %85 އިންސައްތަ މަތިން މާރކްސް ލިބިފައިވުން.

މީގެ އިތުރުން ތިރީގައި މިދަންނަވާ ކަންތައްތަކަށް އިސްކަންދެވޭނެއެވެ.

އެހެންމީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

އަހުލާގް ރަނގަޅު، ޒިންމާދާރު އަދި ނަމޫނާ މިސާލު (ރޯލް މޮޑެލް) ދެއްކޭ މީހެއް ކަމުގައިވުން.

ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށްވުމާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި މި މަގާމަށް އެދި ހުށަހަޅާ ސިޓީ އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު، ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް"، ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް ހިމެނެއެވެ.

މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.)

މިވަޒީފާއަކީ މަސްތުވާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބޭނުންވެގެން ފަރުވާ ފުރިހަމަކޮށްފައިވާ ނުވަތަ މަސްތުން ސާފުވުމަށްފަހު އެފަދަ އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

އެހެންކަމުން މިމަހުގެ 30ވާ އާދީއްތަ ދުވަހުގެ 13:00އަށް މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް [email protected]އަށް މެއިލް ކުރުމަށް އެންޑީއޭއިން ވަނީ އެދިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 3039016 މި ނަންބަރަށް ގުޅުމަށް އެންޑީއޭއިން ވަނީ އެދިފައެވެ.