logo
banner image

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

ހެންވޭރު ޕޮލިސް

މިމަހުގެ 14ވަނަ ދުވަހު ހިތަށްފިނިވާ މަގުން ހޮވައިގެން ގެނެސްފައިވާ 600 ރުފިޔާ. އިންސިޑެންޓް ނަންބަރު 633196

މި މަހުގެ 15ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ބީއެމްއެލް އިސްލާމިކް ތެރެއިން ހޮވައިގެން ގެނެސްފައިވާ 200 ރުފިޔާ. އިންސިޑެންޓް ނަންބަރު 633219

މި މަހުގެ 16ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ބީއެމްއެލް މެއިން ބްރާންޗް ތެރެއިން ހޮވައިގެން ގެނެސްފައިވާ 140 ސްރީލަންކަން ރުޕީސް. އިންސިޑެންޓް ނަންބަރު 633367

މި މަހުގެ 16ވަނަ ދުވަހު، މަޖީދީ މަގު ޖަނަވަރީ މަގު ގުޅޭ ހިސާބުން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ، އެޕަލް ވޮޗްސީރީސް 3 އެއް. އިންސިޑެންޓް ނަންބަރު 633396

މި ތަކެތީގެ ވެރިފަރާތުން 9400053އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.