logo
banner image

ޔޫ.އެސްގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކޭނައިން ހާއްސަ ޓްރެއިނިންގ ތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ މަހުގެ 22 އިން ފެށިގެން މި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ސެޝަންތަކަކީ ކޭނައިން އޮޕަރޭޝަންސްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

މި ޓްރެއިނިންގ ސެޝަންތަކުގައި އިންޑޯ އަދި އައުޓްޑޯގައި ފާރަ މަސައްކަތްކުރާ ގޮތުގެ ޑެމޮންސްޓްރޭޝަންތަކާ އެކު ތަމްރީނުދީފައިވެއެވެ. އަދި ފާރަ ބޭނުންކޮށްގެން، އެންމެ ފަހުގެ ހުނަރުތަކާއެކު ޔޫ.އެސްގެ ވެޓިރެނަރީ ހާއްސަ ޑޮކްޓަރުގެ އިރުޝާދާއެކު ފަސްޓްއެއިޑް ޓެކްނިކްސް ކުލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، ވެހިކަލް ބަލައިފާސްކުރާނެ ގޮތުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.