މޯލްޑިވްސް 2.0ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ކުރިއަށް: ވަޒީރު
މޯލްޑިވްސް 2.0ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީކޮށް، ސްމާޓް ޕަބްލިކް ސާވިސަސް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށްދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"އޭޝިއާ މީޑިއާ ސަމިޓު 2026" ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގައި މޯލްޑިވްސް 2.0ގެ ނަމުގައި ގައުމީ ޑިޖިޓަލައިޒޭޝަންގެ ބޮޑު މަޝްރޫއެއް ފަށާފައިވާއިރު، މިއީ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމާއި، ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޓްރާންސްފޯމަޓިވް އެޖެންޑާއެއް ކަމަށެވެ.
އަޅުގަނޑުމެން މިދަނީ ސަރުކާރުގެ ނިޒާމުތައް ޑިޖިޓަލައިޒްކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރުކޮށް، ހާމަކަން ބޮޑު، އަދި ރައްޔިތުން މަރުކަޒުކޮށްގެން ކޮންމެހެން ބޭނުންވާ އާންމު ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ މަގު ފަހި ކުރަމުން. ހަމައެއާއެކު، މުޖުތަމަޢުތަކުގެ މެދުގައި އޮންނަ ބައިބައިވުންތައް ކުޑަކުރުމަށްޓަކައި ޑިޖިޓަލް ކަނެކްޓިވިޓީ އާއި ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރަށް އިންވެސްޓް ކުރަމުން މިގެންދަނީ. ވަޒީރު
ވަޒީރު ވިދާޅުވީ މީޑިއާ އާއި ޓެކްނޮލޮޖީ ކުރިއަށްވުރެ ބާރަށް ތަރައްޤީވަމުންދާ ދަނޑިވަޅެއްގައި މިފަދަ މުހިންމު ސަމިޓެއް ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެެވެ.
މި ސަމިޓަކީ އިވެންޓަކަށްވުރެ މާ ބޮޑު ސަމިޓެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޑިޖިޓަލް ކަނެކްޓިވިޓީއާއި، އާޓިފިޝަލް އިންޓެލިޖެންސާއި، އިންސްޓަންޓް ކޮމިއުނިކޭޝަންގެ ސަބަބުން ދުނިޔޭގައި އެއްވެސް ޤައުމަކަށް އެކަނި ކުރިއަށް ނުދެވޭނެ ކަމަށެވެ.
މީޑިއާ އާއި ޓެކްނޮލޮޖީގެ މުސްތަޤްބަލް ބިނާކުރަންޖެހޭނީ، އަޅުގަނޑުމެންގެ މުޅި ސަރަޙައްދުގެ ޕާޓްނަރޝިޕްތަކާއި، ދެ ފަރާތުން ހިއްސާ ކުރާ މައުލޫމާތާއި، ދެފަރާތުގެ އިތުބާރުގެ ތެރެއިން. މިއަހަރުގެ ސަމިޓް ތީމް "މޯލްޑިވްސް 2.0 – ފްރޮމް ޓްރެޑިޝަން ޓު ޓެކް" އިން ދައްކުވައިދެނީ ހަމައެކަނި ގައުމީ ޝައުގުވެރިކަމެއް ނޫން. ގައުމުތަކުން ޑިޖިޓަލް ޓްރާންސްފޯމަޝަން ގަބޫލުކުރެވޭނެ ގޮތުގެ ފުޅާ ތަސައްވުރެއް. ރާއްޖެއަކީ ގުދުރަތީ ރީތިކަމާއި، އަޅުގަނޑުމެންގެ ކަނޑުތަކާއި، ހުދު ވެލިގަނޑު ގޮނޑުދޮށްތަކާއި، އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި އެކި ދިމަދިމާލުގައި ހުރި ޖަޒީރާތަކުގެ ސަބަބުން ދުނިޔެއަށް މަޝްހޫރު ތަނެއް. ވަޒީރު
ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމެއް ތަރައްޤީވަމުން އަންނައިރު ޑިޖިޓަލް ޓްރާންސްފޯމަޝަނަކާ ދިމާލަށް ދިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ޓެކްނޮލޮޖީގެ ސަބަބުން ޖިއޮގްރަފީގެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށެވެ.
އަދި ޚިދުމަތް ފޯރުކޮށްދިނުން ރަނގަޅުކޮށް، މުއައްސަސާތަކުގެ ޤާބިލުކަން ހަރުދަނާކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޕްލެޓްފޯމްސް، އޮޓޮމޭޝަން، އަދި ޑޭޓާ ޑްރައިވަން ސިސްޓަމްސް ހިމެނޭ ގޮތަށް އުފެދިފައިވާ ޓެކްނޮލޮޖީތައް މިހާރު ދަނީ ބޭނުން ކުރަމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
-1778569994298.webp)
އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާ ގުޅިގެން މިއަހަރުގެ ސަމިޓް ދިވެހިރާއްޖޭގައި އިންތިޒާމް ކުރަނީ ޕަބްލިކް ސަރވިސް މީޑިއާ އިންނެވެ.މމި ސަމިޓު ކުރިއަށްދާނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ.
