މަސްތުވާތަކެތީގެ މައްސަލައެއްގައި މަހިބަދޫން ދެމީހުން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި އދ. މަހިބަދޫން ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަންގައެވެ.
މި އޮޕަރޭޝަންގައި އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 52 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި ލ. މާމެންދޫ / ޗޮންޗޮންގެ، ޢަލީ ނަސީމް (49އ)ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
