logo
banner image

ދުވަފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި ރ. ދުވާފަރު / ޕެލެސް، އީސާ އަޙްމަދު (40އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

ދުވާފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ދުވާފަރު ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް މަޙުމޫދު ފަސް ދުވަހަށް އަދި އީސާ އަޙްމަދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.