logo
banner image

އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފި

އއ. އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތަކީ އއ. އަތޮޅުގެ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ އުކުޅަހު ޕޮލިސް ޕޯސްޓުން އިސްނަގައިގެން ރަށު ކައުންސިލުގެ އެހީތެރިކަމާ އެކުގައެވެ. މި މަސައްކަތުގެ ތެރެއިން، ރަށުގެ ގޭބިސީތަކުގައި ދިރިއުޅޭ ބިދޭސީންނާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ ބިދޭސީން އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަންތަނުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެއެވެ.

މި ހަރަކާތުގެ ތެރެއިން، ރަށުގެ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލުމުގެ މަސައްކަތް ވެސް މިއަދު ކޮށްފައިވެއެވެ.

މިގޮތުން ގެސްޓްހައުސްތަކުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާ ސިސްޓަމްތަކުގެ ހާލަތު ދެނެގަތުމާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު ރަނގަޅަށް ހުރިތޯ ވަނީ ބަލާފައެވެ. އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ.