logo
banner image

މަސްތުވާތަކެއްޗާ ދެކޮޅަށް ހަގީގީ މާނައިގައި ނަތީޖާ ނެރެދެމުން މިދަނީ އަދުގެ ސަރުކާރުން: ވަޒީރު

ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތަކެއް ފެށި ނަމަވެސް ހަޤީގީ މާނައިގައި ނަތީޖާ ނެރެދެމުން މިދަނީ އަދުގެ ސަރުކާރުން ކަމަށް ދާޚިލީ މަލާމަތާއިދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރަށް 2 އަހަރުފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތަކެއް ފެށި ނަމަވެސް ހަޤީގީ މާނައިގައި ނަތީޖާ ނެރެދެމުން މިދަނީ އަދުގެ ސަރުކާރުން ކަމަށާއި އަދި މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެކަށީގެންވާ ވަސީލަތްތައްވެސް އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެކަށީގެންވާ މިންވަރަށް ގާއިމްކުރެވިފައި ނުވާ ކަމަށެވެ.

އެގޮތުން ރައީސްގެ އިސްނެންގެވުމާއެކު 3 ރަށެއްގައި މިހާރުވެސް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ކ. ކާށިދޫގައި ފަށައިފިން. ނ. ވެލިދޫގައި ފަށައިފިން. ލ. ގައުމުގައިވެސް ފަށާއިފިން. މިއިންފްރާސްޓްރަކްޗަރ ނިމި ޚިދުމަތް ލިބެން ފެށުމުން އަޅުގަނޑުމެން އެދޭފަދަ ރިހެބިލިޓޭޝާނާއި، ޑިމާންޑް ރިޑަކްޝަން، ހާމް ރިޑަކްޝަންގެ މަސައްކަތްތައް ކުރެވިގެންދާނީ. ވަޒީރު

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުން އެންމެ އިސްކަންދެނީ އެތަކެތީގެ ވިޔަފާރިތައް ހުއްޓުވައި، ރިހެބިލިޓޭޓް ކުރުމަށް އިސްކަންދީގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޑްރަގްކޯޓުން ހުކުމްކޮށްފައިވާ 700އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބިމަށާއި، އެކަމަށް ޚާއްސަކޮށްގެން ފެށި އޮޕަރޭޝަނެއްގައި 2 އަހަރު ތެރޭގައި އެހުރިހާ އެންމެނަށް ފަރުވާދީ ނިންމާފައިވާކަމަށާއި ޑްރަގްގެ ވަބާގައި ޖެހި މަގުމަތީގައި އުޅެމުންދިޔަ އެކި އުމުރުފުރާގެ 350 ވަރަކަށް މީހުންނަށް ރިމާންޑް ސެންޓެރެއް މެދުވެރިކޮށް ފަރުވާ ދެމުންގެންދާކަން ވަޒީރު ފަހަގަކުރެއްވިއެވެ.

މީގެ އިތުރަށް ތާރީޚުގައިވެސް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހިފަހައްޓާފައިވަނީ ނިމިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި، އެމުއްދަތުގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2.2 ބިލިޔަން ރުފިޔާއަށް އަރާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ފިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް މުޅި ރާއްޖޭގައި ދާދިފަހުން ކުރިއަށްގެންދިޔަ ޑްރަގް އޮޕަރޭޝަނަށް އަލިއަޅުއްވާލަަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމިީ ޝަރީއަތުގައި ދެވެން އޮންނ އެންމެ ބޮޑު އަދަބު ލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމުންވެސް މި ނުރައްކާތެރިވަބާއިން ޤައުމު ސަލާމަތްކުރުމުގައި އެމަނިކުފާނުގެ ސީރިއަސްކަން ހާމަވެގެންދާ ކަމަށެވެ.