logo
banner image

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މުވައްޒަފުންނަށް ޓްރޯމާކެއާ އަދި ފަސްޓް އެއިޑް ސެޝަނެއް

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ)ގެ މުވައްޒަފުން ޓްރޯމާކެއާ އަދި ފަސްޓް އެއިޑަށް އަހުލުވެރިކޮށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 12 ވަނަ ދުވަހު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ވޯކްފޯސް ހެލްތު އެންޑް ވެލްބީން ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަނަކީ އެން.އައި.އީގެ މުވައްޒަފުން ޓްރޯމާކެއާއަށް އަހުލުވެރިކުރުވުމާއި ފަސްޓް އެއިޑްގެ ހުނަރުތައް ދަސްކޮށްދީ ބާރުވެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ސެޝަނެކެވެ.

މި ސެޝަންގައި، ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކާއި މީހާގެ ހާލަތު ދެނެގަންނާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ޖިސްމާނީ އަނިޔާއެއް ލިބިފައިވާ މީހަކަށް އެހީތެރިކަން ދިނުމުގައި އިތުރަށް ގެއްލުން ނުވާނޭހެން އަމަލުކުރާނެ ގޮތްތަކާއި އެހީތެރިކަން ދޭނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި މަރުހަލާތައް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ސީޕީއާރު ދިނުމާއި އޭއީޑީ އަދި ސްޓޭންޑަޑް ފަސްޓް އެއިޑްގެ ބައިތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.