logo
banner image

ހެނބަދޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތުދީފި

ނ. ހެނބަދޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 9ވަނަ ދުވަހު މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ހެނބަދޫ ޕޮލިސް ޕޯސްޓުންނެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ހެނބަދޫ ސްކޫލާއި ކައުންސިލުގެ އެހީތެރިކަމާ އެކުގައެވެ.

މި ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި ގްރޭޑް 5 އިން 10ގެ 116 ދަރިވަރަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގައި އަމަލުތައް ބަހައްޓަންވީ ގޮތާއި ޤަވާއިދާއި ރިވެތި އުސޫލުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓުތަކުން ރައްކާތެރިވާނެގޮތާއި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.

ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި ދަރިން ތަރުބިއްޔަތުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އަދި އިސްލާމީ ރިވެތި އުސޫލުގެމަތިން ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މި ސެޝަންގައި 115 ބެލެނިވެރިން ބައިވެރިވިއެވެ.

މި ސެޝަންތަކުގެ ބޭނުމަކީ ހަރުދަނާ، ޒިންމާދާރު ރަނގަޅު ޖީލެއް ބިނާކުރުމަށް ބާރުއެޅުވުމާއި، ކުށްމަދު އަމާންވެއްޓެއް ގާއިމުކުރުމާއި، މަގުމައްޗަކީ އެންމެންނަށް އަމާން ރައްކާތެރި މާހައުލަކަށް ހެދުމެވެ.