logo
banner image

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް އެސިސްޓަންޓް ކައުންސެލަރެއް ހޯދަނީ!

ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް އެސިސްޓަންޓް ކައުންސެލަރެއް ހޯދުމަށް ޢިއުލާންކޮށްފިއެވެ.

މަހަކު 12821 ރުފިޔާގެ މުސާރާއިގެ އިތުރުން ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާވެސް ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ޕްރޮގްރާމްގައި އުޅޭ ކްލައިންޓުންނަށާއި އެކްލައިންޓުންގެ ބެލެނިވެރިންނަށް ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތައް ރާވާ ހިންގުމާއި، ރީހެބިލިޓޭޝަންގެ ހަރަކާތްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
  2. ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކުރުމާއި، ރިކޯޑްތައް ބެލެހެއްޓުން.
  3. ޓްރީޓްމެންޓްއާއި ރީހެބިލިޓޭޝަން ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ ސެކްޝަނާއި ހަވާލުވެ ހުންނެވި ފަރާތަކާއި މަޝްވަރާކޮށްގެން ރާވާހިންގުން.
  4. މަސްތުވާތަކެއްޗާއި ގުޅުންހުރި ބައިނަލްއަޤްވަމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާއި ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  5. ޓްރީޓްމެންޓް އާއި ރީހެބިލިޓޭޝަން ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މަޝްވަރާކޮށް ކަންކަން ނިންމުމަށް ބާއްވާ ބައްދަލުވުންތަކާއި، ފަރުވާދިނުމުގެ އަމިއްލަ ނަފްސަން ދީމާވެދާނެ ނަފްސާނީ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި މަޝްވަރާކުރުމަށް ރާވައިގެން ހިންގާ ބައްދަލުވުންތަކުގައި ބައިވެރިވުން.
  6. ކްލއިންޓުންނަށް އިންޑިވިޖުއަލް ކައުންސެލިންގ ސެޝަން ނެގުމާއި ކްލާސްތަކާއި ސެމިނަރތައް ކުރިއަށް ގެންދިއުމާއި، އިންޑިވިޖުއަލް އަދި ގްރޫޕް ސެޝަންތައް ކުރިއަށް ގެންދިއުން.
  7. ފަރުވާ ނަގަމުންދާ ކްލައިންޓުންނަށް ހިންގަން ކަނޑައަޅާފައިވާ ޕްރޮގްރާމްތައް ދުވަހުން ދުވަހަށް ހިންގުން.
  8. ކްލައިންޓުންގެ ރިޕޯޓްތައް ނިންމާ ޓްރީޓްމެންޓް އަދި މުރާޖާޢާ ކޮމެޓީއަށް ހުށަހެޅުން.
  9. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓްތައް ޤަވާއިދުން ތައްޔާރުކޮށް ޑްރަގް ކޯޓަށް ފޮނުވުން.
  10. މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކުރުމާއި އެޕްރައިޒަލް ފުރުމުގެ މަސައްކަތްކުރުން.
  11. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން ހިމެނެއެވެ.

މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.

އަދި ތަޢުލީމީ ރޮނގުން އެޑިކްޝަން ކައުންސެލިންގ , އެޕްލައިޑް ބިހޭވިއަރ އެނަލިސިސް , ބިހޭވިއަރަލް ސައިކޮލޮޖީ، ކްލިނިކަލް މެންޓަލް ހެލްތް ކައުންސެލިންގ, ކްލިނިކަލް ސައިކޮތެރަޕީ، ކައުންސެލިންގ، ކައުންސެލިންގ އެންޑް ސައިކޮތެރަޕީ، ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް، ކައުންސެލިންގ ސައިކޮލޮޖީ، މެރިޖް އެންޑް ފެމިލީ ކައުންސެލިންގ، މެރޭޖް އެންޑް ފެމިލީ ތެރެޕީ، މެންޓަލް ހެލްތް ކައުންސެލިންގ، ސައިކޯތެރަޕީ، ސައިކޮތެރަޕީ ކައުންސެލިންގ، ރިހެބިލިޓޭޝަން ކައުންސެލިންގ، ސްކޫލް ކައުންސެލިންގ، ތެރަޕިއުޓިކް ކައުންސެލިންގހާސިލްކޮށްފައި ހުންނަން ޖެހޭނެ ކަމަށް އެންޑީއޭއިން ކުރި ޢިއުލާނުގައިވެއެވެ.

އެހެންކަމުން މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މި މަހުގެ 15ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން[email protected]އަށް އީމެއިލް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު https://www.gazette.gov.mv/iulaan/358522 އިން ލިބެން ހުންނާނެއެވެ.