އައްޑޫ ސިޓީ ހޯދި ކާމިޔާބީއަކީ ދަނޑުވެރިކަން ކުރިއެރުވުމަށް ހުރި ޝައުޤުވެރިކަމުގެ ދިރިހުރި ހެއްކެއް: ވަޒީރު
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވެ، ދަނޑު،ވެރިކަމުގެ ދާއިރާއިން، އައްޑޫ ސިޓީކައުންސިލް ހޯދި ފުރިހަމަ ކާމިޔާބީއަކީ، ދަނޑުވެރިކަމުގެ ސިނާޢަތް ކުއެރުވުމަށް އެ ސިޓީގެ ރައްޔިތުންގެ ހިތުގައި އޮތް، ލޯތްބާއި، ޝަޢުގުގެ ދިރިހުރި ހެއްކެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިންގެ ތެރެއިން ވަނަތައް ހާސިލް ކުރެއްވި ބައިވެރިންނަށް އިނާމް ދިނުމުގެ ހަފްލާ ރޭ ވަނީ ބާއްވާފައެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒުން ދަނޑުވެރިކަމުގެ ދާއިރާއިން ފަޚްރުވެރި އެއްވަނަ އައްޑޫ އިން ހޯދުމާއި ގުޅިގެން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވެ، ދަނޑުވެރިކަމުގެ ދާއިރާއިން އައްޑޫސިޓީން ހާސިލުކުރެއްވި ފަޚުރުވެރި ކާމިޔާބީއަށް އިޚްލާޞްތެރިކަމާއިއެކު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަރައްވާކަމަށެވެ. އަދި މިއީ ދަނޑުވެރިކަމުގެ ސިނާޢަތް ކުއެރުވުމަށް އެ ސިޓީގެ ރައްޔިތުންގެ ހިތުގައި އޮތް، ލޯތްބާއި، ޝަޢުގުގެ ދިރިހުރި ހެއްކެއްކަމަށެވެ.
މި ޝަރަފުވެރި ނަތީޖާއަކީ އައްޑޫސީޓީ ކައުންސިލްގެ މެންބަރުންނާއި، ޚާއްސަކޮށް އ.ތ.މ. ކޮމެޓީގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތާއި، އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން ދަނޑުވެރިކަމަށް ދެއްވަވާ ޝައުޤުވެރިކަމާއި، މި މުހިންމު ސިނާޢަތް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދިރުންހުރި ހެއްކެއްކަން ކަށަވަރު.މިއީ ޤައުމީ ފެންވަރުގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ރަމްޒީ ނަމޫނާއެއް
ދިވެހި ދަނޑުވެރިކަން ކުރިއަރުވައި، އިޤްތިޞާދުގެ މައިގަނޑު ބާރަކަށް ދަނޑުވެކަން ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ.