logo
banner image

ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މުވައްޒަފުންނަށް ދެއްވައިފި

ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މުވައްޒަފުންނަށް ދެއްވައިފިއެވެ. މިއަދު މިނިސްޓްރީގައި ބޭއްބި މި ބައްދަލުވުމުގައި މަޢޫލޫމާތު ދެއްވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޭފުޅުންނެވެ.

މި ބައްދަލުވުމުގައި ޙައްޖާއި ޢުމްރާއަށް ދިއުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި، އެ ކަމުގައި ހުރި ލުއިފަސޭހަ ގޮތްތަކާ ބެހޭ އެންމެހައި މަޢުލޫމާތު ފޯރުކޮށްދެއްވާފައި ވެއެވެ. ޚާއްޞަކޮށް ވަޒީފާގައި އުޅުއްވާ ފަރާތްތަކުން "މަހުން މަހަށް މުސާރައިން އުނިކޮށްގެން ޙައްޖަށް ދިއުމަށް ފައިސާ ރައްކައުކުރަން ހެދިފައިވާ ލުއިފަސޭހަ ސްކީމް"އާ ބެހޭ މަޢުލާމާތު ވެސް އޮޅުންފިލުވައިދެއްވިއެވެ.

މި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރު ބައްދަލުވުމެއް މި މަހުގެ 14 ވަނަ ދުވަހު ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ޕްރޮގްރާމްކުރެވިފައެވެ. އެ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެރިނުވެވުނު ފަރާތްތަކަށެވެ.