ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ.އަތޮޅު ތަޢުލީމީ މަރުކަޒުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ.އަތޮޅު ތަޢުލީމީ މަރުކަޒުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެވެ.
މޭ 10ވަނަ ދުވަހު ބޭއްވި މި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތައް ބަހައްޓައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިން ބައެއް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.
މި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ، ކުޑަކުދިންނާ ގުޅޭ އިންޓަރެކްޓިވް ހަރަކާތްތަކާއި، ކުޑަކުދިންގެ މެދުގައި އުފެއްދުންތެރިކަމާއި ގުޅުންބަދަހި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ކުޑަކުދިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެމްއެންޑީއެފްގެ ސްޓޯލްތަކުން ވަނީ، މުޖުތަމަޢުގައި އަސްކަރީ ޚިދުމަތުން އަދާކުރާ މުހިންމު ދައުރާ މެދު ކުޑަކުދިންގެ ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން ހަރަކާތްތައް ހިންގައި، ކުޑަކުދިންނަށް އަސްކަރީ ޔުނީފޯމްތައް އެޅުމުގެ ފުރުސަތު ދީ، ޤައުމީ ސަލާމަތުގައި އެމްއެންޑީއެފުން އަދާކުރާ މުހިންމު ދައުރު ހިތްތަކަށް ވައްދައިދިނުމުގެ ގޮތުން ރޯލް ޕްލޭކޮށް ފޮޓޯ ނެގުމުގެ ފުރުސަތު އެ ކުދިންނަށް ފަހިކޮށްދީފައިވެއެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ.އަތޮޅު ތަޢުލީމީ މަރުކަޒުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެ ކޮމާންޑުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.