logo
banner image
ދިފާޢީ ވުޒާރާ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ރަށްތަކުގައި ބޭއްވި ކުޑަކުދީންގެ ހަވީރުގައި މާލެ އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ގައުމީ ފެންވަރުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެ އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެވެ.

މި ގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ، އއ.ތޮއްޑޫ، އދ.މާމިގިލި އަދި ހުޅުމާލޭގައި އެޗްޑީސީގެ ފަރާތުން މޭ 10 ވަނަ ދުވަހު ގައުމީ ފެންވަރުގައި ބޭއްވި ކުޑަކުދިންގެ ހަވީރުތަކުގައި އެމްއެންޑީއެފްގެ ސްޓޯލްތައް ބަހައްޓައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިން ބައެއް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.

އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ހުޅުމާލެ އެޗްޑީސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރުތަކުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ، ކުޑަކުދިންނާ ގުޅޭ އިންޓަރެކްޓިވް ހަރަކާތްތަކާއި، ކުޑަކުދިންގެ މެދުގައި އުފެއްދުންތެރިކަމާއި ގުޅުންބަދަހި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ކުޑަކުދިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެމްއެންޑީއެފްގެ ސްޓޯލްތަކުން ވަނީ، މުޖުތަމަޢުގައި އަސްކަރީ ޚިދުމަތުން އަދާކުރާ މުހިންމު ދައުރާ މެދު ކުޑަކުދިންގެ ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން ހަރަކާތްތައް ހިންގައި، ކުޑަކުދިންނަށް އަސްކަރީ ޔުނީފޯމްތައް އެޅުމުގެ ފުރުސަތު ދީ، ޤައުމީ ސަލާމަތުގައި އެމްއެންޑީއެފުން އަދާކުރާ މުހިންމު ދައުރު ހިތްތަކަށް ވައްދައިދިނުމުގެ ގޮތުން ރޯލް ޕްލޭކޮށް ފޮޓޯ ނެގުމުގެ ފުރުސަތު އެ ކުދިންނަށް ފަހިކޮށްދީފައިވެއެވެ. އަދި އޮބްސްޓިކަލް ބެލްޓުގެ ހަރަކާތްތަކާއި، ރެޕެލިންގ ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ސްޓޯލްތަކަށް، އެ ހަވީރަށް ޒިޔާރަތްކުރި ބެލެނިވެރިންނާއި އިންތިޒާމް ކުރި ފަރާތްތަކުން ވަނީ ތަޢުރީފުކޮށްފައެވެ.