logo
banner image
ދިފާޢީ ވުޒާރާ

މުޙްޔިއްދީން ސްކޫލުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ބައިވެރިވެއްޖެ

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޙްޔިއްދީން ސްކޫލާއި ވިލިމާލޭގެ މުއައްސަސާތަކުން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ބައިވެރިވެއްޖެއެވެ.

މުހިއްޔިއްދީން ސްކޫލުގައި މިއަދު 16:00އިން 18:00އަށް ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ވަނީ ކުޑަކުދިންނަށް ފަޔަރ ވެހިކަލްތަކަށް އަރައި ފޮޓޯ ނެގުމާއި، ސްޓޮޕް ޑްރޮޕް އެންޑް ރޯލް އަދި "ފެން އަލިފާންނިވި" ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

މި ހަވީރުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.