logo
banner image
ޞިއްޙީ ވުޒާރާ

ދިއްގަރު ހެލްތު ސެންޓަރުގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މ.ދިއްގަރު ހެލްތު ސެންޓަރުގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްޞަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރ އަޙްމަދު ނާޒިމް އެވެ.

މި ރަސްމިއްޔާތުގައި ވަނީ އެ މަރުކަަޒަަށް ދިގު މުއްދަތަށް އަދި އެކި ކަންކަމުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް އެވޯޑް އަދި ހަނދާނީ ލިޔުން ދީފައެވެ.

މި ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި މިނިސްްޓްރީ އޮފް ހެލްތުގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވިއެވެ.