logo
banner image

މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ކުރިއަށްގެންދާ "ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނެންސް" ޕްރޮގްރާމްގެ ނޭޝަނަލް އެސަސްމަންޓް މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ފަރާތުން ރީތި ބީޗް ރިސޯޓުގައި ކުރިއަށްގެންގޮއްސިއެވެ.

ނޭޝަނަލް އެސަސްމަންޓް އަކީ ދިވެހިރާއްޖެއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ނިކުންނަ ޒުވާނުންގެ ކިބާގައި އެ ދާއިރާއަކަށް ބޭނުންވާ ހުނަރާއި ޤާބިލްކަމާއި އަދި އެނޫން މުޙިއްމު ސިފަތަށް ހުރިކަން ކަށަވަރުކުރުމަށް އެމްއެންއެސްޑީއޭ މެދުވެރިކޮށް ކުރިއަށްގެންދެވޭ ޢަމަލީ އިމްތިހާނެކެވެ. ރީތި ބީޗް ރިސޯޓްގައި ކުރިއަށްގެންދާ "ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނެންސް" ކޯހުގެ މި ޢަމަލީ އިމްތިހާނުގައި އެމްއައިޓީގެ އެތަށް ދަރިވަރުންނެއް ވަނީ ބައިވެރިވެ، ނޭޝަނަލް އެސަސްމަންޓް ފުރިހަމަކޮއްފައެވެ.

އެމްއެންއެސްޑީއޭ އަކީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގ (ޓިވެޓް) ޕްރޮގްރާމްތަށް ކުރިއެރުވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރުމުގެ މަޤްސަދުގައި ޤާޢިމުކުރެވިފައިވާ އިދާރާއެކެވެ. މި މަޤްސަދު ހާޞިލުކުރމަށް އެ އިދާރާ އިން އަންނަނީ މަސައްކަތްތެރިކަމުގެ ދާއިރާތަކާއި ގުޅޭ ކޯސްތަށް ހިންގާ އިންސްޓިޓުޓްތަކުގެ ފެންވަރު ކަނޑައަޅައި އެ އިދާރާގައި ރަޖިސްޓަރީކުރުމާއި ނޭޝަނަލް އެސެސަރުންގެ ފެންވަރު ކަނޑައަޅައި ރަޖިސްޓްރީކުރމުގެ އިތުރުން އެކި ދާއިރާތަކުން މިފަދަ ނޭޝަނަލް އެސަސްމަންޓްތަށް ހިންގަމުންނެވެ.