އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ނ.މާޅެންދޫގައި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ފަށައިފި
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން، ނ.މާޅެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ރަށުގައި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމެއް ފަށައިފިއެވެ.
އެޕްރީލު 16 އިން މޭ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އެ ރަށުގެ 33 އަންހެނުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.