ފިޠުރު ޢީދުގެ ތަހުނިޔާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ ދިވެހީންގެ ފަރާތުން
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުންގެ ޢީދު ތަހުނިޔާ ވީޑިއޯ މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބާގައި ގެނެސްދީފިއެވެ. ރާއްޖޭން ބޭރު އެކި ޤައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކާއި ކޮންސިއުލޭޓުތަކާ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާ ގުޅިގެން ޢީދު ހަރަކާތްތަކުގެ ތެރެއިން މިފަހަރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ދިވެހީންގެ ޢީދު ތަހުނިޔާ މި ވުޒާރާގެ މީސް މީޑިއާ މެދުވެރިކޮށް ގެނެސްދީފައެވެ.
އެގޮތުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، މެލޭޝިއާ، ޖަރުމަނު، ޕާކިސްތާނު، އަބޫ ދާބީ، އެމެރިކާ، ސައުދީ އަރަބިއްޔާ، ތައިލޭންޑް، ޗައިނާ އަދި ތުރުކީގައި ދިރިއުޅެމުންދާ ދިވެހީން ވަނީ ޢީދުގެ ތަހުނިޔާ އެކި ގޮތްތޮތަށް ފޮނުއްވާފައެވެ.
ބޭރު ޤައުމުތަކުގައި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުންދާއިރު، މިއީ މިފަދަ ގޮތަކަށް އެކި ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހީންގެ ބައިވެރިވުން ހިމެނޭ ޢީދު ތަހުނިޔާ މީސް މީޑިޔާގައި ގެނެސްދެވުނު މިއީ ފުރަތަމަ ފަހަރެވެ.