logo
banner image

މަސްވެރިންނަށް މިހާތަނަށް 385 މިލިއަން ރުފިޔާ ދޫކޮށްފި: ރައީސް ޑރ. މުހައްމަދު މުޢިއްޒު

މަސްވެރިން ކިރުވާ މަހަށް ގަވާއިދުން ފައިސާ ދައްކަން ފެށިފަހުން މިހާތަނަށް މަސްވެރިންނަށް ޖުމްލަ 385 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަުން ރައީސް ޑރ. މުހައއްމަދު މުޢިއްޒު ވިދާޅުވީ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހު 10 ވަނަ ދުވަހުން ފެށިގެން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ސަރުކާރުން ފައިސާ ދޫކުރަން ފަށާަފައިވާ ކަމަށެވެ. އަދި މިގޮތަށް ގަވާއިދުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 385 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަަށެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވީ އިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ނުދީ ހުރި ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ފައިސާވެސް މިހާރު ސަރުކާރުން ދައްކާ ހަލާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުން ކަމަށެެވެ.