ދިވެހިރާއްޖޭގައި ދަނޑުވެރިކަން ބިނާވެފައިވަނީ ވާރެއަށާއި ފެންފަށަލައަށް: ވަޒީރު
ދިވެހިރާއްޖޭގެ ދަނޑުވެރިކަން ބިނާވެފައި އޮންނަނީ ވާރޭ އަށާއި، ބިމުގެ ފެންފަށަލައަށް ކަމަށްވާއިރު، ދުނިޔޭގެ ގްލޭސިޔަރތައް ( ގަނޑުފެންފަށަލަ) ވިރެމުންދާއިރު، އަޅުގަނޑުމެންގެ ރަށްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެންވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅިގެން އެކަމަނާ ގެ ފޭސްބުކް ގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެކަމަނާ ވިދާޅުވީ ދުނިޔޭގެ ގްލޭސިޔަރތައް ވިރެމުންދާއިރު، އަޅުގަނޑުމެންގެ ރަށްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި އެކު ވާރޭވެހޭ މޫސުމަށްވެސް ބަދަލު އައިސް، ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުން ދާކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި އެކު ވާރޭވެހޭ މޫސުމަށްވެސް ބަދަލު އައިސް، ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އެބަދޭ.
ދިވެހިރާއްޖޭގައި ދަނޑުވެރިކަން ބިނާވެފައިވަނީ ވާރެއަށާއި ފެންފަށަލައަށްކަން ފާހަގަކުރައްވާ އެކަމަނާ އިތުރަށް ފާހަގަކުރެއްވީ ގްލޭސިޔަރތައް ވިރުމުގެ ސަބަބުތަކެވެ.
ވާރޭވެހޭ މިންވަރާއި މޫސުމަށް ބަދަލު އަންނަނީ، ލޮނުފެން އިތުރުވެ، ބިމުގެ ފެންފަށަލައަށް ލޮނުގެ މިންވަރު އިތުރުވަނީ،ގަސްގަހާގެއްސަށް ބޭނުންވާ މޫސުމީ ބަދަލުތަކަށް ބުރޫއަރަނީ
ދަނޑުވެރިކަމަށް ބަރޯސާވާ އާބާދީއަށް މި ބަދަލުތަކުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށާއި، ދިވެހިންގެ ކާނާގެ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި ދުނިޔޭގެ ގްލޭސިޔަރތައް ރައްކާތެރިކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.
އެކަމަނާ އިތުރަށްވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހުގައި، އަޅުގަނޑުމެން ހަނދާންކުރަންޖެހެނީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ގުޅިފައިވަނީ ދުނިޔޭގެ ގްލޭސިޔަރތަކާއިކަމަށާއި، އެއްވެސް ބަޔަކު މިކަމުން އިސްތިސްނާއެއް ނުވާނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.