އިގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވަވައިފި
އިގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނިކޮލަސް ޑޭވިޑް ލޯވް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އަރިއަހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވަވައިފިއެވެ. މި ޒިޔާރަތުގައިވަނީ ދެޤައުމުގެ ވިޔަފާރިޔާ އިޤުތިޞާދީ ގުޅުންތައް އިތުރަށް ތައްޤީކޮށް ހަރުދަނާ ކުރުމުގެ މުހިންމު މަޝްވަރާތައް ކުރައްވާފައެވެ. އިނގިރޭސިވިލާތަކީ ރާއްޖޭގެ ވިޔަފާރީގެ މުހިންމު ބައިވެރިއެއްކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.