ދ.އަތޮޅުގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ފުރިހަމަ ކުރެއްވުން
އޭ.ޓީ.އެމް ގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ދ.އަތޮޅުގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އެ ޚިދުމަތް ފުރިހަމަ ކުރެއްވުން.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރެއިން މުޅި ރާއްޖެއަށް އޭ.ޓީ.އެމް ގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ދ.އަތޮޅުގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އެ ޚިދުމަތް ފައްޓަވައިދެއްވަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ ރައްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އޭ.ޓީ.އެމް ގެ ޚިދުމަތް ފެށިފައިނުވާ އެއަތޮޅުގެ ފަސް ރަށެއްގައި މުޅިން އަލަށް އޭ.ޓީ.އެމްގެ ޚިދުމަތް ވަނީ ފައްޓަވައި ދެއްވާފައެވެ.