logo
banner image

މިއަހަރު ތެރޭގައި 41 މަޝްރޫއު ކުރިއަށްދަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެއްޖެ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މި އަހަރުގެ ތެރޭގައި 41 މަޝްރޫޢެއް ކުރިއަށްދަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ވަގުތުން ދުރަށްދެއްކި "އަހާ ފޯރަމް" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ކުރިއަށްދާ 41 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ މިހާރު ފަށައިފައިވާ 35 މަޝްރޫޢަކާއި އަލަށް ފަށާން ހަމަޖެހިފައިވާ ހަ މަޝްރޫއުއެއްކަމަށެވެ.

ވަޒީރު ވިދާޅުވީ، ނޮވެންބަރު 2023އިން ފެށިގެން މިހައި ތަށް 96 މިލިޔަން ރުފިޔާ މިސްކިތްތައް ބިނާކުރުމަށާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން ހޭދަކޮށްފައިވާކަމަށާއި މިސްކިތްތައް މަރާމާތުކުރުމަށް އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާ މި ދިޔަ އަހަރު ހޭދަކުރެވިފައިވާކަމަށެވެ.

މީގެ އިތުރަށް މިހާރު ކުރިއަށްދާ މުހިންމު ބައެއްް މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ދޫލަ އެޅުމުގެ މަސައްކަތް ރަމަޟާން މަހުގެ ކުރީން ނިމޭނެކަމަށާއި، އިސްލާމީ މަރުކަޒުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މަގު ފަހިކުރުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމަށެވެ.