ޖައިކާގެ އެހީގައި ހިންގާ "ބިލްޑިންގ ކްލައިމެޓް ރެޒިލިއެންޓް ސޭފަރ އައިލެންޑްސް" މަޝްރޫޢުގެ 6 ވަނަ ބައްދަލުވުން ބޭއްވިއްޖެ
ޖަޕާނުގެ ޖައިކާގެ އެހީގައި ރާއްޖޭގައި ހިންގާ "ބިލްޑިންގ ކްލައިމެޓް ރެޒިލިއެންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ 6 ވަނަ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުން މިއަދު ބޭއްވިއްޖެއެވެ.
މި ބައްދަލުވުމުގައި މަޝްރޫޢުގެ މިހާރުގެ ހާލަތާއި، ކުރިއަށްދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް، މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، މަޝްރޫޢުގެ މައިގަނޑު ބައިވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ރަށްތައް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވެ، އަދި ރައްކާތެރިކަން އިތުރުކުރުމަށް ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވެއެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި، ޖައިކާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޝްރޫޢުގެ ކުރިއަށް އޮތް މަސައްކަތްތަކާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.