ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު "މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން ހއ. ފިއްލަދޫގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރުން ރަސްމީކޮށް ފައްޓަވައިދެއްވައިފި
މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހއ. ފިއްލަދޫގައި "މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ފިއްލަދޫގައި މި މަޝްރޫޢު ފެށުމާއެކު، ރަށުގެ ކަރަންޓުގެ ބޮޑު ބައެއް އިއާދަކުރަނިވި ހަކަތައިން އުފެއްދޭނެ ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ، ކަރަންޓުގެ ޚަރަދު ދަށްވާނެ ކަމަށް އުންމީދު ކުރެވެއެވެ.
"މަގޭ ސޯލާ" ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގިނަ ރަށްރަށުގައި ސޯލާ ޕެނަލް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އިއާދަކުރަނިވި ހަކަތައަށް ދެއްވާ އިސްކަމުގެ ތެރެއިން މި ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަކީ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.
މި ލަނޑުދަނޑި ހާސިލްކުރެއްވުމަށްޓަކައި މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހިމް ގެންދަވަނީ މަސައްކަތްޕުޅުކުރައްވަމުންނެވެ.