ހޭޅި 2.0 އެޕްގެ މަސައްކަތާއި މިނިސްޓްރީއާއެކު އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން އެސް.އައި.ޖީ.އެސް މޯލްޑިވްސްއާއެކު ބައްދަލުވުމެއް ބޭއްވިއްޖެ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް ޓެކްނޮލޮޖީގެ އިސްވެރިންނާއި އެސް.އައި.ޖީ.އެސް މޯލްޑިވްސްގެ ޓީމާ ދެމެދު މުހިންމު ބައްދަލުވުމެއް މިއަދު ބޭއްވިއްޖެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހެއްލި 2.0 އެޕްގެ ކުރިއަށްދާ މަސައްކަތްތަކާއި، މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނެވެ.
ބައްދަލުވުމުގައި އެސް.އައި.ޖީ.އެސް މޯލްޑިވްސްގެ ފަރާތުން ހޭޅި 2.0 އެޕްގެ މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރިއެވެ. އަދި މި އެޕް މެދުވެރިކޮށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޢުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މިނިސްޓްރީގެ ފަރާތުން ވިދާޅުވި ގޮތުގައި، "ހޭޅި 2.0 އެޕަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެޕެކެވެ. މިނިސްޓްރީގެ ފަރާތުން މި މަޝްރޫޢަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ޔަގީންކަންދެއްވިއެވެ
ބައްދަލުވުމުގެ ނިމުމުގައި، ދެފަރާތުން އެއްބަސްވެވުނީ ކުރިއަށް އޮތް ތަނުގައި ގާތުން މަސައްކަތްކުރުމަށާއި، ހޭޅި 2.0 އެޕް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް އެއްބާރުލުން ދިނުމަށެވެ.