logo
banner image
ދިފާޢީ ވުޒާރާ

އައްޑޫ ސިޓީގެ ބޫޓު ކޭމްޕެއްގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަނެއް ނަގައިދީފި

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފޭދޫ އަވަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބޫޓު ކޭމްޕްގެ ބައިވެރިންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ސެޝަނެއް ނަގައިދީފިއެވެ.

މިއަދު ހެނދުނު އައްޑޫ ސިޓީ ފޭދޫ ސްވިމިންގ ޓްރެކުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ފޭދޫގެ 50 ކަނބަލުން ބައިވެރިވިއެވެ. މި ސެޝަންގައި ދަސްކޮށްދީފައި ވަނީ ކަނޑުމަތީގައި ހާލުގައި ޖެހުމުން އަމަލުކުރާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތެވެ.

މި ސެޝަންގައި ބައިވެރިވި ފަރާތްތަކަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މަޢުލޫމާތު ދެއްވީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނެވެ.